އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ (ނ، ރ، ބ، އަދި ޅ) އަތޮޅު ހިމެނޭ ސަރަަހައްދުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން ފެށިގެންވެސް 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ދޮން ބައްޕަ އާއި ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަގެ ފިރިމީހާ އަށް ކަމަށް މައުލޫމާތު ލިބެ އެވެ.