މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ބަދަލުތަކެއް

މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންގެ މަގާމަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް އަހްމަދު މުޖާހިދު ހަމަޖެއްސުމާއި، އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ރިންޒީ ވަހީދު ހަމަޖެއްސުމާއި އަދި ކަލާފާނު ސްކޫލުގެ ޕްރިންސިޕަލަކަށް ނާޒްލީން ވާފިރު ހަމަޖެއްސުމެވެ.

މުޖާހިދު މީގެކުރިން ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ކަމާއި މާލޭގެ ބައެއް ސްކޫލުތަކުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަން ކުރައްވާފަ އެވެ.

ރިންޒީ އެންމެ ފަހުން ހުންނެވީ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ.

ނާޒްލީން އެންމެ ފަހުން ހުންނެވީ އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ. އަމީނިއްޔާއާ ހަވާލުވުމުގެ ކުރިންވެސް ނާޒްލީން ހުންނެވީ ކަލާފާން ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައެވެ.