މިފްކޯ

މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 8:30ގައި

ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބަހަން ފަށާނީ މިރޭ 8:30 ގައި ކަމަށް މިފްކޯ އިން ބުނެފި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށަން ކުރިން ނިންމީ މިއަދު މެންދުރުފަހު 2:30 ގަ އެވެ.

ނަމަވެސް، ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭ ގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް މި ހަރަކާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ.

މީގެ އިތުރުން މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ސަރަހައްދުތަކަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

  • 20 ފެބްރުއަރީ 2025 - ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
  • 21 ފެބްރުއަރީ 2025 - ބަންދު،
  • 22 ފެބްރުއަރީ 2025 - ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025 - މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް،

މާލޭގައި މަސްދަޅު ކޭސް ބަހަން މިވަގުތު ނިންމާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގަ އެވެ.

ވިލިމާލޭގައި ވެމްކޯ ސައިޓް މަސްދަޅު ކޭސް ބަހާއިރު ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގްގައި އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބަހާނެ އެވެ.

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ އިނާޔަތެއްގެ ގޮތުގައި 48 ދަޅުގެ މަސްދަޅު ކޭހެއް ދޫކުރަން ނިންމާފައިވާއިރު ބައެއް ރަށްރަށުގައި މިހާރު ދަނީ މަސްދަޅު ކޭސް ދޫކުރަމުންނެވެ.