ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރެއްހާއިރު އެވެ.
މިބައްދަލުކުރެއްވުމުގައި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުވަން ހުރި ބިލްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި ބައްދަލުކުރެއްވުމަކީ މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރައްވާފައި މިވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނާ ވަގުތެއްގައެވެ.