ހަބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ނުބާއްވާ ގޮތައް ނިންމަވާފައިވާއިރު އެގޮތަށް ނިންމި ވަކި ސަބަބެއް މަޖިލީހުން ނުބުނެ އެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ އޮފިޝަލެއްގެ ބަހެއްވެސް ނުލިބުނެވެ. ނަމަވެސް ކޮމިޓީތަކުގެ މަސައްކަތްތައް މިއަދުވެސް ކުރިއަށްދާނެ އެވެ.

މަޖިލީހުގެ ޖަލްސާތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގަ އެވެ.

މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައި މިވަނީ، މަޖިލީހުގައި މުހިންމު ގިނަ މަސައްކަތްތަކެއް ހުށަހަޅާފައިވަނިކޮށެވެ. އެގޮތުން ދާދި ފަހުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ.