އެމްއޭސީއެލް

ޑިއުޓީގައި ހުއްޓާ ސިއްހީ މައްސަލައެއް ދިމާވި މީހާއަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޑިއުޓީގައި ހުއްޓައި ސިއްހީ މައްސަލައެއް ދިމާވެގެން ފަރުވާ ހޯދަމުން ދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް މިދިޔަ ބުދަ ދުވަހު ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ހ. ފާގަމާގެ، ހާޝިމް ހަސަން (42 އަހަރު ) އެވެ.

ހާޝިމަށް ސިއްހީ މައްސަލައެއް ދިމާވީ މިދިޔަ ބުދަ ދުވަހު ވީއައިއޭގައި ޑިއުޓީގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހާޝިމަކީ ކުރިންވެސް ސިއްހީ މައްސަލައެއް ތަހައްމަލް ކުރަމުން ދިޔަ މީހެކެވެ.

ހާޝިމްގެ ކަށުނަމާދާއި ޖަނާޒާ އޮތީ މިރޭ 11:00ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.