ސްޓެލްކޯ

ރޯދަމަހުގެ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދެނީ

މި ރޯދަމަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ބުނީ ރޯދަމަހަށް ބިލް ތައްޔާރުކުރާނީ ވަކިން ކަމަށެވެ.

އެ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހު ރީޑިން ނަގާނެ ކަމަށާއި ރޯދައިގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއް ތައްޔާރުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެގޮތަށެވެ.

އެ ގޮތުން އެންމެ މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި ޑިސްކައުންޓް ދިނުމުގައި ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ފާއިތުވި އަހަރުގެ ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ވަނީ ޑިސްކައުންޓްދީފަ އެވެ.