ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ އެސްޓީއޯ ޖެނެރަލް ޓްރޭޑިން ގުޅިއްޖެ އެވެ.
ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާ މިމަހުގެ 28 ވަނަ ނިމޭނެ އެވެ.
މި ޕްރޮމޯޝަންގައި ބީއެމްއެލް ކާޑު ބޭނުންކޮށްގެން އެސްޓީއޯ އިން އިން ވިޔަފާރި ކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗައެއް ލިބޭނެ އެވެ.
މީގެއިތުރުން ކުރިއަށް އޮތް މާޗް މަހުން ފެށިގެން ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯއިން އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.