ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައި އޮތް އަމުރަކަށެވެ.ރާލުން ކަމަށެވެ.
ޑުޓާޓޭގެ ވެރިކަމުގައި ފިލިޕީންސްއިން މަސްތުވާ ތަކެތި ނައްތާލުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެއްގައި ލާއިންސާނީ އަމަލުތައް ހިންގައި މީހުން މެރުމަށް އޭނާ އަމުރުކުރެއްވި ކަމަށް އައިސީސީން ތުހުމަތުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑުޓާޓޭ ހައްޔަރުކުރީ ހޮންކޮންގްގައި ހުންނެވުމަށް ފަހު އެނބުރި ފިލިޕީންސްއަށް ވަޑައިގަތުމުން ފުލުހުންނާއި އިންޓަޕޯލް ގުޅިގެން ވެރިރަށް މެނީލާގެ އެއާޕޯޓުންނެވެ.
ޑުޓާޓޭގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރާ ގޭންގުތައް ތަހުގީގުކުރުމެއް ނެތި މެރުމާއި، ޝަރީއަތުން ގޮތެއް ނިންމުމުގެ ބަދަލުގައި، ޑްރަގާ ގުޅުން ހުރި ގިނަ ބައެއްގެ ގަޔަށް ބަޑިޖަހައި މެރުން ހިމެނެ އެވެ.
ޑުޓާޓޭ މިހާރު ހުންނެވީ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. ދައުލަތުން ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ބަންދަށް ނުބަލައި އޭނާއަށް ފޯރުކޮށްދޭނެ ކަމަށް މިހާރުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
މެނީލާގެ ފުލުހުން ބުނާ ގޮތުން ޑުޓާޓޭ ހުންނެވީ ހެޔޮ ހާލުގަ އެވެ. ދައުލަތުގެ ޑޮކްޓަރުން ވަނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅަށް ބަލައި، އެހީތެރިކަމެއް ބޭނުންވާ ހުރިހާ ދާއިރާއެއް ކަށަވަރުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑުޓާޓޭ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ސިފައިންގެ ޚާއްސަ ވައިގެ މަރުކަޒަކަށެވެ. އެތަނުން އޭނާ ގެންދެވޭނީ ނެދަލަންޑްގެ ހޭގަށް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ހެޑްކުއާޓަރު ހުންނަނީ ވެސް ހޭގު ގައެވެ.
ޑުޓާޓޭ ފިލިޕީންސްގެ ރައީސްގެ މަގާމު އަދާކުރެއްވީ 2016 އިން 2022 އަށެވެ. އޭނާގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ބޮޑެތި އޮޕަރޭޝަންތަކެއް ވަނީ ހިންގާފަ އެވެ. މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދި ވަރަށް އިތުބާރާ އެކު ހިންގި ޕްރޮގްރާމެކެވެ.
ޑުޓާޓޭ އާންމު އެއްވުންތަކުގައި ދައްކަވާފައި ހުރި ވާހަކަތަކުން ވެސް އޭނާގެ ސަރުކާރުން މީހުން މަރާފައިވާކަން ދޭހަވެ އެވެ. އާންމު އެއްވުމެއްގައި އޭނާ އެއްފަހަރަކު ދެއްކެވި ވާހަކަތަކެއް ވަރަށް ބޮޑަށް ހޫނުވެ އެ ވާހަކަަކުގެ ހަގީގަތް ތަހުގީގުކުރަން ވެސް އޮތީ ގޮވާލާފަ އެވެ.
އޭނާ ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއް ނަމަ އޭނާގެ ކިބައިން ސަލާމަތްވުން އެއީ ނުހަނު ފަސޭހަކަމެއް ކަމަށެވެ. ކުރަން ޖެހޭހާވެސް ކަމަކީ، އަސްކަރީ ހެލިކޮޕްޓަރެއްގައި ފިލިޕީންސްގެ އުސް ފަރުބަދަތަކުގެ މަތިން ބުރެއްޖެހުން ކަމަށެވެ.
މި ވާހަކަތަކުން ދޭހަވަނީ ޑްރަގް ބޭނުންކުރާ މީހާ ގޮވައިގެން ގޮސް ދަތުރުމަތީގައި ހެލިކޮޕްޓަރުން ވައްޓާލައި މަ