ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވަނީ މިރޭ 10:00 ހާއިރު 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައި ކަމަށެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގައި އެއް ކުއްޖަކު ޒަހަމުވެފައިވާ ކަމަށްވެސް ބުންޏެވެ.
މާރާމާރީއާއި ގުޅިގެން ދެ ކުއްޖަކު ފުލުހުން ހައްޔަރުކޮށް އިތުރު ހަތަރު ކުއްޖަކު އެ ވަގުތު ހިފެހެއްޓި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.