ދިވެހީންގެ ތެރޭގައި މަގުބޫލު އަދި ގިނަ ބަޔަކު އިންތިޒާރުކުރާ ދިރާގު ތަށިބަރި މޫވްމަންޓް މި ރަމަޟާން މަހު ވެސް ފޯރިއާއެކު ކުރިޔަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ރަމަޟާން މަހު ދިރާގުގެ ޓީމުތަކުން ދަނީ މަގު މައްޗަށް ނިކުމެ ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ބަޔަކަށް ހަދިޔާކުރަމުންނެވެ. މީގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނޭކަން ދިރާގުން ފާހަގަކުރެ އެވެ.
މި ތަށިބަރިތައް ލިބޭ މީހުން ދަނީ މި އާދަކާދަ ދަމަހައްޓައި އެ ތަށިބަރި އެހެން މީހަކަށް ފޯރިއާއެކު ހަދިޔާކުރަމުންނެވެ.
ދިރާގުން މި ހަރަކާތް ފެށީ 2017 ވަނަ އަހަރު އެވެ.

މިއީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައި ފެށި ހަރަކާތެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުން ސިފަކުރި ގޮތުގައި މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރަމަޟާން މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށެވެ. އަދި އެހެން ކުންފުނިތަކާ އޮފީސްތަކުން ވެސް ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.