ވިޔަފާރި

ރަޝިޔާގައި ބޭއްވި މިޓް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

Mar 24, 2016
  • ފެއާގައި 19 ކުންފުނި ބައިވެރިވި
  • މި ފެއާގައި މަޝްހޫއު ފެއާއެއް

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި މިޓް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އިސް ނެގުމެއްގެ ދަށުން ރާއްޖޭން ބައިވެރިވި މި ފެއާގައި ރާއްޖޭގެ 19 ކުންފުންޏަކުން 40 މީހުން ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހަތަރު ދުވަހަށް ކުރިއަށް ގެންދާ މި ފެއާގެ ސަބަބުން ރާއްޖެއަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މިޓް ފެއާއަކީ ޓޫރިޒަމް ދާއިރާގައި ބާއްވާ ފަސްވަނައަށް އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި 192 ގައުމަކުން 1،800 ކުންފުނި ބައިވެރިވެ އެވެ.

ރަޝިޔާއަކީ އެންމެގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މި ގައުމުން ޖެނުއަރީ މަހުގެ ނިޔަލަށް 44،232 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.