އެޗްޑީސީ

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ މުހައްމަދު ވަހީދު މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކުރި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ ޖިނާއީ ތަހުގީގެއް ދައުލަތުގެ އިދާރާތަކުން ފެށުމާއެކު އެޗްޑީސީގެ އޭރުގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް ޕާސްޕޯޓްވެސް ހިފެހެއްޓި އެވެ. ނަމަވެސް ފަހުން ވަނީ ސަސްޕެންޝަން އުވާލައި ޕާސްޕޯޓް ދޫކޮށްފަ އެވެ.

އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މައުރޫފް ޖަމީލް އެވެ.