ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)" ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައިފި އެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ ރޭ 11:59 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިން ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައިވާނީ މި މުބާރާތުގެ އެންމެ މޮޅު 8 ޓީމް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވެ ވަނަވަނައަށްދާ ޓީމުތަކަށް ވަނީ ޖުމްލަ 15،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމް ކަނޑައަޅައިފަ އެވެ.
މި ގޮތުން 1 ވަނައަށް ދާ ޓީމަށް 7،000 ރުފިޔާ، 2 ވަނައަށް ދާ ޓީމަށް 5،000 އަދި 3 ވަނަ އަށް ދާ ޓީމަށް 3،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ޑީއެމްޖީސީ އަކީ ރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕް އެކެވެ. މި ގޮތުން މޮބައިލް ލެޖެންޑްސް ކޮލިފަޔާސް އަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލެވޭ ފުރަތަމަ މުބާރާތެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށ،ް ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް ޑީޖީޖީ ވެބްސައިޓްގައި އިއުލާނުކުރާނެ އެވެ.