ދުނިޔެ

ޗައިނާ ސިފައިން ތިބި ކަމަށް ބުނެ ޔުކުރޭނުން ހަދަނީ ދޮގު: ޗައިނާ

ރަޝިއާ ސިފައިންނާ އެކު ޔުކްރޭނުގައި ޗައިނާ ސިފައިން ހަނގުރާމަކުރާ ކަމަށް ބުނެ، އެ ގައުމުގެ ރައީސް ޒެލެންސްކީ ދައްކަވަނީ އަސާސެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށް ޗައިނާގެ ޚާޜިޖީ ވުޒާރާއިން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނެފައި މި ވަނީ، ޔުކްރޭނާ ދެކޮޅަށް ހަނގުރާމަކުރަނިކޮށް ޗައިނާ ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ ޒެލެންސްކީ އާންމުކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ.

ޒެލެންސްކީ އަދި ވިދާޅުވީ، ރަޝިއާ ސިފައިންާ ގުޅިގެން ޗައިނާ ސިފައިންގެ އެތައް ބަޔަކު ހަނގުރާމަކުރުމަށް ނަންނޯޓުކޮށްފައިވާ ކަމަށެވެ.

ޒެލެންސްކީ ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޔުކްރޭނުން ހައްޔަރުކޮށްފައި ވަނީ ޗައިނާގެ ރައްޔިތުންތޯ ބަލާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ޔުކްރޭން ހަނގުރާމާގައި އެއްވެސް ކޮޅަކަށް ތާއީދުކުރުމަކީ ޗައިނާ ސަރުކާރުގެ ސިޔާސަތު ނޫންކަން ޒެލެންސްކީއަށް އެނގިވަޑައި ނުގަތުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ޗައިނާއިން ބުންޏެވެ.

ހަނގުރާމަ ހުއްޓުވައި ދެ ގައުމު އެއްގަލަކަށް އެރުވުމަށް ޗައިނާ ކޮށްފައި ހުރި މަސައްކަތްތައް ދުނިޔެއަށް ހާމަވެފައި ވާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ޗައިނާ އަކީ ޔުކްރޭން ހުއްޓުވައި، ދެ ގައުމު މަސަލަސްކުރަން ކަރުދާހެއް ހުށަހެޅި ފުރަތަ ގައުމު ކަމަށާއި، ޗައިނާ މިހާރު ވެސް އޮތީ މި ސިޔާސަތުގެ މަތީގައި ކަމަށްވެސް ބަޔާނުގައި ވެ އެވެ.

ޔުކްރޭނުން ދޭ ކޮންޓްރެކްޓަށް މަސައްކަތްކުރާނެ ބަޔަކު ޗައިނާގައި ތިބެދާނެ ކަމަށާއި، އެއީ ޗައިނާ ސަރުކާރަށް އެނގިގެން ހިނގާ މުޔާމަލާތްތަކަކަށް ނުވާނެ ކަމަށްވެސް ބަޔާނުގައި ވެ އެވެ.