ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހު 34.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު އަދަދަށް ވުރެ 47.6 ޕަސަންޓް އިތުރު އަދަދެކެވެ.
ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނީ 23.5 މިލިއަން ރުފިޔާ އެވެ.
ޒަކާތުގެ ކަންކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދި ފަހުން އެ އިދާރާ އިން ެންދަނީ ޒަކާތަށް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަކީ ޒަކާތުގެ ގޮތުގައި ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑު އަދަދެއް ލިބުނު އަހަރެވެ.