އުރީދޫ މޯލްޑިވްސް އިން ރޯދަމަހު ކުރިއަށް ގެންދިޔަ "ކަރާފެޅުން" ޗެލެންޖުގެ ގްރޭންޑް ޕްރައިޒް ހަވާލުކޮށްފި އެވެ.
އުރީދޫގެ "ކަރާފެޅުން" ޗެލެންޖުގެ ގްރޭންޑް ޕްރައިޒް ލިބުނީ މަރިޔަމް ޝާދިޔާ އަށެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝާދިޔާގެ ބަދަލުގައި އިނާމާ ހަވާލުވީ އޭނާގެ ކޮއްކޮ އައިޝަތު ނުޒްލާއާ އެވެ.
މި ޗެލެންޖުގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް -65 ޓީވީއެއް ލިބުނެވެ.
ނުޒްލާ ބުނީ ޝާދިޔާއަށް މީގެ ކުރިން ބޮޑު އިނާމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި އިނާމު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކޮށްގެން ހުރި ކަމަށެވެ.
"ކޮއްކޮ ބުނެފައި އޮތީ ތިމަންނައަށް ޔަގީނޭ ލިބޭނެއޭ. ވަރަށް އަސްލު މަޖާ އެއްކޮށް ކަރާ ފަޅަން. ފްރީ ޓައިމެއް ލިބުނަސް ޓެޕްކޮށްލަނީ ހަމަ ވަދެލާފައި،" އޭނާ ބުންޏެވެ.
މި ޗެލެންޖުގެ ގްރޭންޑް ޕްރައިޒްގެ އިނާމުގެ ގޮތުގައި ލިބުނު އެޕަލްގެ 10 އުފެއްދުން އާއިލާ މެންބަރުންގެ މެދުގައި ބަހާލުމަށް ނިންމާފައިވާ ކަމަށް ނުޒްލާ ބުންޏެވެ.
އުރީދޫ އިން ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުން ޝައުގުވެރިވާ ޕްރޮމޯޝަންތައް އަބަދުވެސް ހިންގާ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލަ އެވެ.