މަގުމަތީގެ އެކްސިޑެންޓް

މާންދޫ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

ލ. މާންދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓަކާ ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރު މަރުވީ ލ. މާބައިދޫ، ސޫރަޖުވިލާ، އިބްރާހީމް ނައުޒަމް (30 އ) އެވެ.

މި އެކްސިޑެންޓް ހިނގީ މާންދޫ ބެންޑް ސަރަހައްދު ކިޔާ ސަރަހައްދުގައި ނައުޒަމް ދުއްވަމުން ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ތަނެއްގައި ޖެހިގެން ރޭ ދަންވަރު 1:40 ހާއިރު އެވެ.

މާންދޫގައި ވަޒީފާ އަދާކުރަމުން ދިޔަ ނައުޒަމްގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.