މޯލްޑިވިއަން

މޯލްޑިވިއަންއަށް އެއާބަސް ހޯދަން އަލުން އިއުލާނުކޮށްފި

ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ވަނީ މޯލްޑިވިއަން އަށް އެއާބަސް އޭ330-200 މަރުކާގެ ފްލައިޓެއް ހޯދަން މިއަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކުރި އިއުލާނު ބާތިލުކޮށް އެކަމަށް އަލުން އިއުލާނުކޮށްފަ އެވެ.

މި ފްލައިޓް ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ފްލައިޓްގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސްގެ ސީޓު ހުންނަން ޖެހޭއިރު ބިޒްނަސް ކްލާސްގައި މަދުވެގެން 20 ސީޓު ހުންނަން ޖެހެ އެވެ.

މި ފްލައިޓް ހޯދަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ.

މޯލްޑިވިއަންގައި މިހާރުވެސް އޭ330 މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް އޮވެ އެވެ. މި ފްލައިޓް ގެނައީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.