ސްޓެލްކޯ

ހިޔާ ޓަވަރު 1 ގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މުހިންމު މަސައްކަތްތަކެއް ކުރާތީ ހުޅުމާލެ ފޭސް 2 ގެ، ހިޔާ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރަނީ އެކި ދުވަސްތަކަށް ޓަވަރުތަކަށް ބަހާލައިގެން ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

އެ ގޮތުން މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު ހިޔާގެ ފުރަތަމަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.