ނ. ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި އެވެ.
ހިދުމަތް ފެށުމުގެ ގޮތުން ވެލިދޫ ހޮސްޕިޓަލްގައި މިއަދު ވަނީ މީހަކަށް ޑަޔަލިސިސްގެ ފަރުވާ ދީފަ އެވެ.
ވެލިދޫގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމާ ގުޅިގެން މާލެއާ އެކު މި ހިދުމަތް ލިބޭ ރަށްތަކުގެ އަދަދު މިހާރު މިވަނީ 16 އަށް އިތުރުކުރެވިފަ އެވެ.
ހެލްތު މިނިސްޓްރީން މިހާރު ދަނީ ތ. ވޭމަންދޫ ހޮސްޕިޓަލްގައި ޑަޔަލިސިސް ހެދުމަށް ތައްޔާރުވަމުންނެވެ.
ހއ. އިހަވަންދޫގައިވެސް ޑަޔަލިސިސްގެ ހިދުމަތް މިދިޔަ މަހުގެ ތެރޭގައި ވަނީ ފަށާފަ އެވެ. .
ޑަޔަލިސިސްގެ ހިދުމަތް މިވަގުތު އެއްވެސް ވަރަކަށް ނުލިބޭ އަތޮޅުތަކަކީ އއ، އދ، ވ، މ، ފ އަދި ދ. އަތޮޅެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.