ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު ހަވީރު 5:53 ހާއިރު މި އެކްސިޑެންޓް ހިނގީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނިކުން ވޭނަކާއި ހައިވޭއިން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
ސައިކަލް ދުއްވި މީހާއާއި ސައިކަލްގެ ފަހަތުގައި އިން ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާއަށް އަނިޔާވެގެން މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ސައިކަލް ދުއްވި މީހާއަށް ފަރުވާ ދެނީ ހުޅުމާލެ ހޮސްޕިޓަލް ގައެވެ. ކުޑަކުއްޖާއަށް ފަރުވާ ދެނީ ޓްރީ ޓޮޕް ހޮސްޕިޓަލް ގައެވެ.
މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
Mi accident ge massala fuluhun gendhanee thahugeegu kuramun.