އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އީކުއޭޓާ ވިލެޖުން ހުސްކުރަންޖެހޭ ކޮޓަރިތައް ހުސްކޮށްފި އެވެ.
އެއާޕޯޓް މަޝްރޫއާއެކު މައި މަގު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގައި އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ކޮޓަރިތަކެއް ހިމެނެ އެވެ. މަގު ހެދުމަށް ހުސްކުރަން ޖެހެނީ ހަތް ކޮޓަރި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި -- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ)ގެ އޮފިޝަލަކު ވިދާޅުވީ މަގުގެ މަޝްރޫއަށް އީކުއޭޓާ ވިލެޖުން ހުސްކުރަންޖެހޭ ކޮޓަރިތައް ހުސްކޮށް، އެ ސަރަހައްދު ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އީކުއޭޓާ ވިލެޖުން ހުސްކުރަންޖެހޭ ކޮޓަރިތައް ހުސްކުރި އޭއައި އިން ބުނި ނަމަވެސް އެ އިމާރާތް ހުސްކުރަން އީކުއޭޓާ އިން މީގެކުރިން ދެކޮޅު ހެދީ ސަރުކާރުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހޭ ކަމަށް ބުނަމުންނެވެ.
އީކުއޭޓާ އޮން ވަނީ އިމާރާތުގެ ބަދަލުގެ ގޮތުގައި ސަރުކާރުން 25 މިލިއަން ޑޮލަރު ދިނުމަށާއި އެ ކުންފުނިން ހިންގާ ރިސޯޓުގެ މުއްދަތު އިތުރުކުރުމަށް ޑިމާންޑްކޮށްފަ އެވެ.