މަކުނުދޫ

މަކުނުދޫގައި 8 މަހުގެ ކުޑަކުއްޖަކު ފިހިއްޖެ

ހދ. މަކުނުދޫގައި 8 މަހުގެ ކުޑަކުއްޖަކު ފިހިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުއްޖާ ފިހުނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ގަޔަށް ހޫނު ފެން އެޅިގެންނެވެ.

އެ ކުއްޖާ ފިހިގެން މަކުނުދޫ ހެލްތު ސެންޓަރަށް ގެންދިއުމުން އަމަލުކުރި ގޮތާމެދު އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ގޮތުން ހާލަތަށް ބެލުމެއް ނެތި ބެންޑޭޖު އަޅާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ކުއްޖާ މާލެ ގެންނަން އާސަންދަ ހަމަނުޖެހުނު ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އާސަންދައިން ދަތުރު ހަމަނުޖެހުމުން އާއިލާއިން ވަނީ އަމިއްލަ ހަރަދުގައި އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް އިއްޔެ މާލެ އައިސްފަ އެވެ.