ފުވައްމުލަކުގައި ކުއްލި ގޮތަކަށް މިއަދު ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވީ ރ. އަލިފުށި، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27 އ) އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް މިއަދު މެންދުރު 12:11 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މިހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުއްޓާ ހަބަރު ހުސްވެގެން ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ މޫނަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.