މާލޭގެ އިމާރާތެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:23 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމްއެންޑިއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އެ މީހާ މިހާރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިމާރާތުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތީ 21 އަހަރުގެ އަންހެނެކެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.