މި އަހަރުގެ ކެމްބްރިޖް އޯ ލެވަލް އާއި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފި އެވެ.
މި ދެއިމްތިހާންގައި ޖުމްލަ 8،362 ދަރިވަރުން ބައިވެރިވެ އެވެ. މީގެތެރެއިން ކެމްބްރިޖް އިމްތިހާންގައި 7،666 ދަރިވަރުން އަދި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ދަރިވަރުން ބައިވެރިވެ އެވެ.
އޯ ލެވަލް އިމްތިހާނު ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި ހުރި 260 ސެންޓަރެއްގައި ކުރިއަށްދެ އެވެ. އެއީ މާލެ ސަރަހައްދުގެ 23 ސެންޓަރަކާއި، އަތޮޅުތެރޭގެ 237 ސެންޓަރެކެވެ.
ކެމްބްރިޖް އޯ ލެވަލް އާއި އެސްއެސްސީ އިމްތިހާން ކުރިއަށްދާނީ ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކެމްބްރިޖް އޯ ލެވަލް އާއި އެސްއެސްސީ އިމްތިހާންގައި މިދިޔަ އަހަރު 7،501 ދަރިވަރުން ބައިވެރިވެރިވި އެވެ.