އެގްރިކަލްޗާ މިނިސްޓްރީއަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވަދެއްޖެ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި އޭސީސީ އާއި ފުލުހުން އެ މިނިސްޓްރީއަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޭސީސީ އާއި ފުލުހުންގެ ޓީމެއް އެ މިނިސްޓްރީގައި ހަރަކާތްތެރި ވަނީ 2018 ވަނަ އަހަރުން ފެށިގެން އެ ދެ މުއައްސާސާއިން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ. އެކަމަކު މައްސަލައިގެ ތަފުސީލު އޭނާ ހިއްސާ ކުރައްވާފައި ނުވެ އެވެ.
އޭސީސީ އާއި ފުލުހުން އެ މިނިސްޓްރީއަށް ވަދެފައިވާ ކަމަކަށް އެ ދެ އިދާރާއަކުން އަދި ނުބުނެ އެވެ. އެހެންކަމުން މި މައްސަލައިގެ ތަފުސީލެއް ނޭނގެ އެވެ.