ސަރުކާރުގެ މައުލޫމާތު ފެތުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ވަޓްސްއެޕް ޗެނަލެއް ހުޅުވައިފި އެވެ.
ރައީސް ވިދާޅުވީ އެ ޗެނަލަކީ ސަރުކާރާ ގުޅުން ހުރި ކޮންމެ ދުވަހެއްގެ އަދާހަމަތަކާއި، މުހިއްމު މައުލޫމާތުތަކާއި މެސެޖުތައް ހިއްސާ ކުރާނެ ޗެނަލެއް ކަމަށެވެ.
ޗެނަލަށް ވަންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް ވަދެވޭ ގޮތަށް ލިންކެއްވެސް ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސްގެ ވަޓްސްއެޕް ޗެނަލް މިއަދު އާންމުކޮށް ހުޅުވާލި ނަމަވެސް މި ޗެނަލް ހަދާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިހާރުވެސް 1،200 އަށް ވުރެ ގިނަ މީހުން ޗެނަލްގައި އެބަތިއްބެވެ.