ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ހޯދަނީ ގއ. ގެމަނަފުށި، ރަންކޮކާގޭ، ނަދީފު މުހައްމަދު (36 އ) އާއި ޅ. ނައިފަރު، ހަލަވެލި، މަހްމޫދު އަބްދުﷲ (30 އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހޯދަނީ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން ޗިޓު ރައްދު ކުރެވިފައި ނުވާތީ އެވެ.
މި ދެ މީހުންގެ ތެރެއިން ނަދީފް، ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަދި މަހްމޫދު ހަމަ އެ ދުވަހުގެ މެންދުރު 12:00 އަށް އެ ބިލްޑިންއަށް ހާޒިރުވުމަށް އާންމުކޮށް އަންގާ ވަނީ އިއުލާންކޮށްފަ އެވެ.