އުރީދޫ

އުރީދޫން ހައްޖާއި އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ހައްޖާއި އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

އުރީދޫ އިން ބުނީ "ލިވް އަންލިމިޓެޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށް ދިނުމަށްކުރާ ވައުދެއް ކަމަށެވެ.

އުރީދޫ އިން ބުނި ގޮތުގައި ޑިޖިޓަލް މޯލްޑިވްސްގެ އަމާޒަކީ ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު އަދި އެއްވެސް ހުރަހެއް ނެތި އުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.

މި ހާއްސަ ޕްރޮމޯޝަންގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވާއިރު ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދޭން ވަނީ ނިންމާފަ އެވެ. އަދި 20 ވަނަ އިނާމު -- ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރު ދޭން ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް

  • އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުން ކުރުން.
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

އުރީދޫ އިން ވަނީ 20 އަހަރުގެ ތެރޭގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފަ އެވެ.

މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.