ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކޮންމެ މަހަކު ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މިއީ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން ދިރާގުން ފާހަގަކުރެ އެވެ.
މި ލަކީ ޑްރޯގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ޑީޖީޖީއަށް ސައިން-އަޕް ކުރުމާއި ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުމެވެ.
ފަސޭހައިން ބައިވެރިވެވޭ ގޮތަށް ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އަގުހުރި ލަކީޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ދިރާގުން ބުނީ ކޮންމެ މަހަކު ނަގާ ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ ކަމަށެވެ.
މި ލަކީޑްރޯގެ ނަސީބުވެރިން ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި ޑީޖީޖީ އިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.