ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި ޓާސްކް ފޯސް އިން ވަނީ މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށްފަ އެވެ.
މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ އަށް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިވެސް ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 6،700 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފަ އެވެ.