މާލެ ސަރަހައްދުގައި މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް 1،000 އަށްވުރެ ގިނަ ޓްރެފިކް އެކްސިޑެންޓް ހިނގައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެ ސަރަހައްދުގައި 1،068 އެކްސިޑެންޓް ހިނގާފައިވެ އެވެ.
މީގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓް ހިނގީ މާލޭގަ އެވެ.
މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ ތަފާސްހިސާބު
- މާލެ: ޖެނުއަރީ - 152| ފެބްރުއަރީ - 216| މާޗް - 193
- ހުޅުމާލެ: ޖެނުއަރީ - 145| ފެބްރުއަރީ - 169| މާޗް - 140
- ވީއައިއޭ: ޖެނުއަރީ - 19| ފެބްރުއަރީ - 12| މާޗް - 18
- ވިލިމާލެ: ޖެނުއަރީ - 2| ފެބްރުއަރީ - 1 | މާޗް - 1
މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގައި މި އަހަރުގެ ފެބްރުއަރީ މަހު އެކަކު ވަނީ މަރުވެފަ އެވެ.
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް 203 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.


ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގަ އެވެ.
އައްޑޫ ސިޓީގައި މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް 81 އެކްސިޑެންޓް ހިނގާފައިވާއިރު މި އެކްސިޑެންޓްތަކުގައި އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.