މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށުގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވަނީ 57 ރަށެއްގައި 11،000 އަށްވުރެ ގިނަ ޔުނިޓް އިމާރާތްކުރުމަށެވެ.

ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތަކާއި ޔުނިޓްގެ އަދަދު

  • އދ. ދިގުރަށް - 30
  • ހއ. ކެލާ - 50
  • ހއ. އުތީމު - 50
  • ހދ. ކުރިނބީ - 50
  • ށ. ކޮމަންޑޫ - 50
  • ނ. މަނަދޫ - 50
  • ނ. މިލަދޫ - 50
  • ރ. އިންނަމާދޫ - 50
  • ރ. ރަސްމާދޫ - 50
  • ޅ. ކުރެންދޫ - 50
  • ކ. ގުރައިދޫ - 50
  • މ. ކޮޅުފުށީ - 50
  • ތ. ހިރިލަނދޫ - 50
  • ގއ. ގެމަނަފުށި - 50
  • ގއ. ކޮލަމާފުށި - 50
  • ގދ. ހޯނޑެއްދޫ - 50
  • ގދ. ފަރެސްމާތޮޑާ - 50
  • ގދ. ފިޔޯރީ - 50
  • ހދ. ނެއްލައިދޫ - 60
  • މ. ދިއްގަރު - 75
  • ސ. ހުޅުދޫ - 100
  • ހއ. އިހަވަންދޫ - 100
  • ހދ. މަކުނުދޫ - 100
  • ނ. ކެނދިކުޅުދޫ - 100
  • ރ. މަޑުއްވަރީ - 100
  • ރ. އިނގުރައިދޫ - 100
  • ބ. ތުޅާދޫ - 100
  • ޅ. ހިންނަވަރު - 100
  • ތ. ވިލުފުށީ - 100
  • ގދ. ގައްދޫ - 100
  • ސ. މަރަދޫ - 100
  • ސ. މަރަދޫފޭދޫ - 100
  • ސ. މީދޫ - 100
  • ށ. ފޯކައިދޫ - 150
  • އދ. މަހިބަދޫ - 150
  • ހއ. ދިއްދޫ - 200
  • ހއ. ހޯރަފުށީ - 200
  • ށ. މިލަންދޫ - 200
  • ރ. ދުވާފަރު - 200
  • ފ. ނިލަންދޫ - 200
  • ދ. މީދޫ - 200
  • ގދ. މަޑަވެލީ - 200
  • ސ. ފޭދޫ - 200
  • ގއ. ވިލިނގިލީ - 225
  • ހދ. ނޮޅިވަރަންފަރު - 250
  • މ. މުލި - 300
  • ޅ. ނައިފަރު - 400
  • ހދ. ހަނިމާދޫ - 500
  • ރ. އުނގޫފާރު - 500
  • ދ. ކުޑަހުވަދޫ - 500
  • ލ. ގަމު - 500
  • ލ. ފޮނަދޫ - 500
  • ގދ. ތިނަދޫ - 500
  • ޏ. ފުވައްމުލައް - 500
  • ސ. ހިތަދޫ - 500
  • ކ. ތުލުސްދޫ - 550
  • ހދ. ކުޅުދުއްފުށި ސިޓީ - 2000

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ރަށްރަށުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓު އިމާރާތްކުރާނެ ބަޔަކު ހޯދަން މި އަހަރުގެ ޖެނުއަރީ މަހުވެސް އިއުލާނުކުރި އެވެ.