ރާސްޓަސް ކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖާ ޕީއާރް، ޝިއުނާ ހަމީދު ވިދާޅުވީ ކޮންމެ ފިހާރައަކުން ރާސްޓަސް ކޮށްގެންވެސް "ރާސްޓަސް ސަޕްރައިޒް" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
ރާސްޓަސް ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް މި ޕްރޮމޯޝަންގައި އިނާމު ލިބޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި އައިފޯނާއި ގަޑި އާއި ޓީވީގެ އިތުރުން ފައިސާގެ އިނާމު ހިމެނެ އެވެ.
"މި ޕްރޮމޯޝަން ނިމޭއިރުގައި ރާސްޓަސް ކުރެއްވި ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ލަކީޑްރޯއަކުން ހޮވޭ އެއް ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި 20،000 ރުފިޔާގެ ނަގުދު ފައިސާވެސް ލިބިގެންދާނެ،" ޝިއުނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށެވެ.