ސާއީ ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަންއަށް އަނެއްކާވެސް ހިލްޓަން ވޯލްޑްވައިޑްގެ އެންމެ މަތީ ޝަރަފު ކަމުގައިވާ ކޮނީ އެވޯޑް ލިބިއްޖެ އެވެ.
މިއީ އެންމެ ތިން އަހަރެއްގެ ތެރޭގައި ސާއީ ލެގޫން މޯލްޑިވްސްއަށް މި ޝަރަފު ލިބުނު ދެވަނަ ފަހަރެވެ.
މި ކާމިޔާބީއާއެކު ސާއީ ލެގޫން މޯލްޑިވްސްއަކީ މި ޝަރަފު ދެ ފަހަރު ހާސިލްކުރި ރާއްޖޭގައި ހުރި ހަމައެކަނި ހިލްޓަން ޕްރޮޕަޓީ އެވެ.
ކޮނީ އެވޯޑަކީ ހިލްޓަން ގުރޫޕްގެ ބާނީ ކޮންރާޑް ހިލްޓަންގެ ނަމަށް ނިސްބަތްކޮށް ދެވޭ އެވޯޑެކެވެ.
މި އެވޯޑް ލިބެނީ މެހުމާނުންގެ ހިތްހަމަޖެހުން، ބްރޭންޑް ސްޓޭންޑަޑްތައް އަދި ކޮލިޓީ އެޝުއަރަންސްގައި އެންމެ މަތީ ސްކޯތައް ހާސިލް ކުރާ ރިސޯޓުތަކަށެވެ.
ކޮންމެ އަހަރަކު މުޅި ދުނިޔޭގައި ހުރި ހިލްޓަންގެ އެއް ޕަސަންޓަށް ވުރެ މަދު ރިސޯޓުތަކަށް މި އެވޯޑް ލިބެ އެވެ. މިއީ ހަމައެކަނި ޝަރަފެއް ނޫނެވެ، މިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.
ސާއީ ލެގޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަލެކްސެންޑާ ޓްރެގަ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ވިޔަފާރިއަކަށް ނުވަތަ ބްރޭންޑަކަށް ލިބުނު ކާމިޔާބީއެއް ނޫނެވެ.
"މިއީ ކޮންމެ ސާއީލޭންޑަރެއް އެމީހުންގެ މަސައްކަތުގައި ހިތުން އަޅާލުން ދޭތީ ލިބުނު ކާމިޔާބީއެއް. އަޅުގަނޑުމެންގެ ޓީމުން ކޮންމެ ދުވަހަކު އެމީހުންގެ ޝަޚްސިއްޔަތު، އެމީހުންގެ ވާހަކަތައް އަދި އެމީހުންގެ ހިނިތުންވުން މަސައްކަތަށް ގެންނަން. އެ ހަކަތަ އަކީ އަޅުގަނޑުމެންގެ މެހުމާނުން ހަނދާންކުރާ އެއްޗެއް. އަދި މި އެވޯޑަކީ އެ ޓީމް ސްޕިރިޓަށް ކުރެވޭ އިހްތިރާމެއް،" އަލެކްސެންޑާ ވިދާޅުވި އެވެ.
ސާއީ ލެގޫން މޯލްޑިވްސްއަކީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް، އިންޓެގްރޭޓެޑް ލެޝަ ޑެސްޓިނޭޝަން ކަމުގައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ބައެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ދަތުރުކޮށްފައި އެންމެ 15 މިނިޓުން ދެވޭހާ ދުރުމިނުގައި އޮންނަ މި ތަނުގައި ސާއީ ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ/ މޯލްޑިވްސް ހިމެނެ އެވެ.
މީގެ އިތުރުން 30 ބަތުގެ ކީއެއް، މަޝްހޫރު ހާޑް ރޮކް ކެފޭ، ތަފާތު ރީޓެއިލް އަދި ޑައިނިން ތަންތަން، ފޯރިގަދަ އެކްސްކާޝަންތައް އަދި ސްޕާވެސް މިތަނުގައި ހުރެ އެވެ.
ސާއީ ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަންގައި 198 ވިލާ ހިމެނެ އެވެ، މީގެ ތެރޭގައި ފެމިލީ ބީޗް ވިލާތަކާއި އޯވަވޯޓަ ވިލާތައް ހިމެނެ އެވެ. މީގެ އިތުރުން ބީޗްފްރަންޓް ކިޑްސް ކްލަބެއް، ގިނަ ޑައިނިން އޮޕްޝަންތަކެއް، ސްޕާއެއް އަދި ބީޗް ކްލަބެއް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ލަގްޒަރީ ރިސޯޓް ތަޖުރިބާގެ އަޑިން ފެށިގެން ފަސޭހަ، ލޯބިން ފުރިފައިވާ ހިދުމަތެއް ފޯރުކޮށްދިނުމަށް ޑިޒައިންކޮށްފައިވާ މިތަނަކީ ހިތްހަމަޖައްސާލައި އަރާމުކޮށްލުމަށް އެންމެ އެކަށީގެންވާ ތަނެވެ.
މިހާތަނަށް ދެފަހަރު ޕްރެސްޓީޖަސް ކޮނީ އެވޯޑް ހާސިލްކޮށްފައިވާ ސާއީ ލެގޫން މޯލްޑިވްސްގެ ހާއްސަ ތަޖުރިބާ އިޙްސާސްކުރެއްވުމަށް މިހާރު ރިޒަވޭޝަން ހެދޭނެ އެވެ.