ދިރާގު

ދިރާގުން ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

ދިރާގުން ރޯދަ ކުރިއަށްގެންދިޔަ ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމުކަމުއިވާ ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި އެވެ.

މި އަގުހުރި އިނާމް ލިބުނު މުހައްމަދު އިއުތިމަން އަލީ އަށް އިނާމް ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި ދިރާގުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

މި އަހަރުގެ ރޯދަ މަހު ދިރާގުން ވަނީ ކޮންމެ ދުވަހަކު ދިރާގުއެޕްއިން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހުޅުވައިލައިފަ އެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލި އެވެ.

މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑްސް، ސެމްސަންގް އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.

އިނާމު ލިބުނު އިއުތިމަން ބުނީ މިހާ ފަސޭހައިން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

"ދިރާގުއެޕްއިން ކަރާ ފަޅާލައިގެން މިހާ ފަސޭހައިން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް، އަދި މިކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" އިނާމުގެ ނަސީބުވެރިޔާ އިއުތިމަން ބުނެފައިވެ އެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.