ހަބަރު

ޖަނާޒާއެއްގައި ހުންނަވަނިކޮށް ފިއްޓޭއަށް ހަމަލާދީފި

އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާ ދީފި އެވެ.

ފިއްޓޭއަށް ހަމަލާދިނި ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސަހަރާ ވަޑައިގެން ހުންނަވަނިކޮށެވެ.

ފިއްޓޭ ވިދާޅުވި ގޮތުގައި އުުމުރުން ދޮށީ މީހަކު އޭނާއަށް ހަމަލާދިނީ ބުރަކަށްޓަށެވެ.

ހަމަލާދިނުމަށްފަހު "ފުއްޕާފައި" ނޫޅެވޭނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދިން ކަމަށްވެސް ފިއްޓޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަމަލާ ދިނީ އުމުރުން ދުވަސްވީ މީހަކަށްވެފައި އޭނާއަކީ އަބަދުވެސް ރުޅިގަދަ މީހެއް ކަމަށް މީހުން ބުނާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ.

ފިއްޓޭ އަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.