އެލައިޑް އިންޝުއަރެންސް

ހިޔާވަހި ތަކާފުލް: ރައްކާތެރިކުރާނީ ގެދޮރުގެ ދިރުން

ގެދޮރަކީ ހަމައެކަނި ރާނާފައިވާ ހަތަރު ފާރެއް ނޫނެވެ. އެއީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމެވެ. އުފާވެރި ހަނދާންތައް ގުޅިފައިވާ ތަނެވެ. ކޮންމެ މީހަކަށް ވެސް އަރާމާއި ރައްކާތެރިކަން އެންމެ ފުޅާކޮށް އިހުސާސްވާނެ ތަނެވެ. ނިދާ ކޮޓަރީގައިވާ އެނދާއި އެހެނިހެން ފަރުނީޗަރެވެ. ބަދިގޭގައި ކައްކާ އުނދުނާއި، ހުޑާއި އެޕްލަޔަންސް ތަކެވެ. ކޮފީތައްޓެއް ހިފައިގެން ޖައްސާލާ ސޯފާ އާއި، އޭގައި އިށީންދެ އިނދެގެން ބަލާ ޓީވީއެވެ. ހަތަރު ފާރުން ވަށާލެވިފައިވާ ތަނެއް ގެދޮރަކަށް ހަދައިދެނީ މިފަދަ ތަފާތު އެއްޗެހިންނެވެ.

އެލައިޑު އިސްލާމިކް ވިންޑޯގެ "ހިޔާވަހި" ތަކާފުލް ޕްލޭނަކީ، ގެއެއް ގެއަކަށް ހަދައިދޭ މިބާވަތުގެ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ލިއްބައިދޭ ޕްލޭނެކެވެ. ދިމާވާ ހާދިސާއެއްގެ ސަބަބުން—މިސާލަކަށް އަލިފާނުގެ ހާދިސާއެއް ނުވަތަ ބިންހެލުމެއް، ދުން ފެތުރުން، ވިއްސާރަވެ ފެންބޮޑުވުން، ފެން ހޮޅިއެއް ފަޅައިގެން ދިއުން، ނުވަތަ ގަދަކަމުން ވަދެގެން ވައްކަންކުރުން ފަދަ ކަންކަމުން ކުރިމަތިވާ ގެއްލުމުގެ ބަދަލު މި ޕްލޭނުން ލިބޭނެއެވެ.

މިސާލަކަށް ބަލާނަމަ، ބޯކޮށް ވިއްސާރަކޮށްގެން ރާއްޖޭގެ ރަށްރަށުގައާއި މާލެ ފަދަ ސިޓީތަކުގައި ފެންބޮޑުވެގެން ގޭގެއަށް ފެން ވަނުން ނުވަތަ އިމާރާތްތަކުގެ ތެރެއަށް ފެން ފޭދިގެން ވަނުމަކީ ހިނގާ ކަމެކެވެ. ފެނުގެ އަސަރު ކޮށްގެން ގޭގެއަށް އެކިއެކި ގެއްލުން ވެސް ލިބެނީ މަދެއް ކޮށެއް ނޫނެވެ. މި އަހަރުގެ ޖެނުއަރީ 3 އިން 4 އަށް ރާއްޖެއަށް ކުރި ބޯ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެގެން އެތައް ބަޔަކަށް ދަތިވިއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނި ގޮތުގައި އާންމު ދިރިއުޅުމަށް ދަތިވެގެން 27 ގޭބިސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އެ ވިއްސާރައިގައި މާލޭގެ އެކިއެކި ގޭގެއަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 2.2 މިލިއަން ރުފިޔާއަށް އެރިއެވެ. އަތޮޅުތެރޭގެ ރަށްރަށުން މީހުން ދިރިއުޅޭ ގޭގެއަށް ލިބުނު ގެއްލުމުގެ އަގު 800،000 ރުފިޔާއަށް އަރައެވެ.

"ހިޔާވަހި" ޕްލޭނުން ފޯރުކޮށްދެނީ މިފަދަ ގެއްލުންތަކުގެ ބަދަލެވެ. ގޭތެރޭގައި ގެންގުޅޭ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނާއި ހައުސްހޯލްޑް އެޕްލަޔަންސްތަކަކީ އަގުބޮޑުކޮށް ގަންނަ ތަކެތި ކަމުގައި ވާއިރު، "ހިޔާވަހި" ޕްލޭނުން އެކިއެކި ބާވަތުގެ މުދަލަށް ކަވަރޭޖު ފޯރުކޮށްދެއެވެ.

"ހިޔާވަހި" ޕްލޭނުގައި ތަފާތު ގިންތިތަކެއް ހުރެއެވެ. އެއީ:

  • އަހަރަކު 200 ރުފިޔާ ދައްކައިގެން 150،000 ރުފިޔާގެ ކަވަރޭޖު ލިބޭ "ބޭސިކް" ގިންތި،
  • އަހަރަކު 300 ރުފިޔާ ދައްކައިގެން 250،000 ރުފިޔާގެ ކަވަރޭޖު ލިބޭ "އެކްސެލް" ގިންތި،
  • އަހަރަކު 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް" ގިންތި،
  • އަހަރަކު 500 ރުފިޔާ ދައްކައިގެން 485،000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޑިލަކްސް" ގިންތި އަދި
  • އަހަރަކު 600 ރުފިޔާ ދައްކައިގެން 650،000 ރުފިޔާގެ ކަވަރޭޖު ލިބޭ "ލަގްޒަރީ" ގިންތިއެވެ.

މިއިން ކޮންމެ ގިންތިއެއްގައި ވެސް، އެކި ބާވަތުގެ މުދަލަށް ފޯރުކޮށްދޭނެ ޖުމްލަ ކަވަރޭޖުގެ މިންވަރު ތަފާތުވާނެއެވެ. މިސާލަކަށް "ބޭސިކް" ޕެކޭޖުގައި އެއާކޮންޑިޝަނަރަށް 18،000 ރުފިޔާގެ މެކްސިމަމް ކަވަރޭޖު ލިމިޓެއް ކަނޑައަޅާފައިވާ އިރު، މިއަށް "ޕްރީމިއަމް" ޕެކޭޖުގައި 33،000 ރުފިޔާ އަދި "ލަގްޒަރީ" ގިންތީގައި 60،000 ރުފިޔާގެ ކަވަރޭޖެއް އޮވެއެވެ. އެހެންކަމުން "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަންނަވާ އިރު، ގޭގައި ގެންގުޅޭ އޭސީ ނުވަތަ އޭސީތަކުގެ ޖުމްލަ އަގަށް، އަދި އެހެނިހެން މުދަލުގެ ވެސް ޖުމްލަ އަގަށް ރިޢާޔަތް ކޮށްފައި ގޭގައި ހުރި މުދަލަށް އެންމެ އެކަށޭނަ ކަވަރޭޖު ލިބޭ ޕްލޭނެއް ނެންގެވުމަށް ވިސްނަވަން ވާނެއެވެ.

"ހިޔާވަހި" ތަކާފުލް އަކީ ޖީބަށް ލުއި އަދި ފުޅާ ކަވަރޭޖެއް ލިބޭ ޕްލޭނެކެވެ. އޭގެ އިތުރުން މިއީ ނެންގެވުމަށް ވެސް ވަރަށް ފަސޭހަ ޕްލޭނެކެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މަދު ވަގުތުކޮޅެއް ހޭދަކޮށްލައިގެން "ހިޔާވަހި" ޕްލޭނެއް ނެންގެވޭނެއެވެ.

"ހިޔާވަހި" ތަކާފުލް އަކީ ގޭތެރޭގެ ސާމާނަށް ތަކާފުލް ކަވަރޭޖެއް ހޯދުމެއް އެކަންޏެއް ނޫނެވެ. މިއީ ސިކުނޑީގެ ހަމަޖެހުން ހޯދުން ވެސް މެއެވެ. އެންމެ ހީނުކުރާ ވަގުތުގައި ކުރިމަތިވާ އުނދަގޫ ދަނޑިވަޅަކުން ފަސޭހަކަމާއެކު އަރައިގަތުމަށް މިއީ ފަސޭހަ މަގެކެވެ.