ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑުގެ މެންބަރުން ކަމުން މުހައްމަދު ޝާމީ އާދަމް ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އާރްޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަދި އެސްޑީއެފްސީގެ ބޯޑު މެންބަރުކަމުން މ. އެމޭޒަން، މުހައްމަދު ޝާމީ އާދަމް ވަކިކޮށްފައިވާ ކަމަށެވެ.
އާރްޑީސީ އާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކުރީ އިއްޔެ ކަމަށްވެސް ޕީސީބީ އިން ބުނެފައިވެ އެވެ.
އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށް ޝާމީ އައްޔަންކުރީ ޖެނުއަރީ 2024 ގަ އެވެ. އެސްޑީއެފްސީގެ ބޯޑަށް ޝާމީ އައްޔަންކުރީ ޖެނުއަރީ 2019 ގަ އެވެ.
ޝާމީ ވަކިކުރި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.