އުރީދޫ

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި

އެޕަލް ވޮޗް ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް މިހާރު އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީސިމްގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އީސިމް ވެއާރަބަލްސް ގެ ހިދުމަތް އެޕްލް ވޮޗް ގެންގުޅޭ ކަސްޓަމަރުންނަށް ތައާރަފުކޮށްފައިވާއިރު މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ނަންގަވާ ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ އެވެ.

މި ހާއްސަ އޮފާގެ މުއްދަތަށްފަހު މަހަކު 200 ރުފިޔާއަށް ހިދުމަތް ލިބޭނެ އެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަންގަވާ ފަރާތްތަކަށް ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެ އެވެ.

މީގެ އިތުރުން އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ.

އެޕަލް ވޮޗް ސެލިއުލާއަށް ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފުސީލު އުރީދޫ ވެބްސައިޓުން ބެއްލެވޭނެ އެވެ.