އެމެރިކާގެ ބޯޓުފަހަރަށް ޕެނަމާ ކެނަލާއި ސުއޭޒު ކެނަލުން ހިލޭ ދަތުރުކުރެވެން ޖެހޭނެ ކަަމަށް އެމެރިކާގެ ފައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެއީ އަސްކަރީ އުޅަނދެއް އަދި މަދަނީ ބޭނުންތަކުގައި ދުައްވާ މުދާއުފުލާ އުޅަނދެއް ނަމަވެސް، މި ކަނޑުއޮޅިތަކުން ދަތުރުކުރާއިރު އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި ކަނޑުއޮޅިތައް ހިންގައި ބަލަހައްޓާ އިދާރާތަކުން އެމެރިކާގެ އުޅަނދުފަހަރާ މެދު ކަންކުރާ ގޮތް ބަލައި ރިޕޯޓްކުރުމަށް ޓްރަމްޕް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ދަންނަވާފަ އެވެ.
ޓްރަމްޕް ވަނީ ޕެނަމާ ކެނަލް އިސްތިއުމާރުކުރައްވާނެ ކަމަށް ތަކުރުކޮށް ވިދާޅުވެފަ އެވެ. ޕެނަމާ ކެނަލް އޮންނަން ވާނީ އެމެރިކާގެ ބެލުމުގެ ދަށުގައި ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މިސްރުގެ ސުއޭޒެ ކެނަލާ ބެހޭ ގޮތުން މީގެ ކުރިން މި މޭރުމުން ވާހަކައެެއް ނުދައްކަވަ އެވެ.
ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ސުއޭޒް ކެނަލަށް ދެއްވި ބަހުގެ ހަމަލާއާ އެކު، އެމެރިކާއާ މިސްރާ ދެމެދު ޚިލާފުތަކެއް ހުރިކަން ދޭހަވެ އެވެ. އެކަމަކު އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ޕެނަމާ ކެނަލާއި ސުއޭޒު ކެނަލަކީ ވެސް އެމެރިކާގެ ހިތްވަރުން އުފައްދާފައި އޮތް ދެކަނޑުއޮޅި އެވެ. އެމެރިކާ އެހީތެރި ނުވި ނަމަ މިއަދު މިއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވީސް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.