ރަސްފަންނުގެ މޫދު ސަރަަހައްދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ދިމާލަށް މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްފަންނުގެ މޫދު ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ކަޅުތެޔޮ އެ ސަރަހައްދަށް އެޅުނު ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ސަރަހައްދު މިވަގުތު ފުލުހުން ބަލަހައްޓަމުންދާތީ ރަސްފަންނަށް މޫދަށް ނޭރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.
ރަސްފަންނާއި އަދި މާލޭގެ ދެކުނު ފަރާތުގައި އޮންނަ ފަތާ ޓްރެކަށް ތެލުގެ އަސަރު ދޭތެރެދޭތެރެއިން ކުރަމުންދެ އެވެ. އެފަދަ ވަގުތު ތަކުގައި އެ ސަރަހައްދުތަކަށް މޫދަށް ނޭރުމަށް ކަމާ ގުޅޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.