ބާސެލޯނާއަށް ކުޅެމުންދާ އުމުރުން 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ބޮލުގައި ކުލަޖެއްސި ސަބަބު ބުނެފި އެވެ.
ޗެންޕިއަންސް ލީގުގައި އިންޓަ މިލާން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔަމާލް ބުނެީ ގޭގައި ހުރެ ފޫހިވާތީ އެކަން ހަމަޖައްސާލުމަށްޓަކައި ބޮލުގައި ކުލަ ޖައްސާލީ ކަމަށެވެ.
ޔަމާލް ބުނީ ބޮލުގައި ކުލަ ޖެއްސުމުން ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އޭނާއާ ދިމާކުރާ ކަމަށެވެ. ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އޭނާއާ ދިމާކުރަނީ ރެއާލް އަތުން ބާސެލޯނާ މޮޅުވުމުން ކަމަށްވެސް ބުންޏެވެ.
ޔަމާލް އަކީ ބޮޑާކަމެއް ހުންނަ މީހެއް ކަމަށް ބައެއް މީހުން ބުނާތީ އެކަމުގައި ޔަމާލް ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އިންޓައާ ދެކޮޅަށް ކުޅޭނެ މެޗާ ގުޅޭގޮތުން ޔަމާލް ބުނީ މިއީ އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކަމަށާއި މި މެޗުން މޮޅުވާން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅޭ ސެމީފައިނަލްގެ ފުރަތަމަ ލެގަކީ ވޭތުވެދިޔަ ހަ އަހަރުތެ ރޭގައި ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.