ޕެންޝަން އޮފީސް

ޕެންޝަން އޮފީހަށް ޗެއާޕާސަނަކު ހޯދަނީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ޗެއާޕާސަންގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުންނަންޖެހެ އެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށްފަހު ސީއެމްޑީއޭ އިން އެ ބޭފުޅުން ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމުން އެ ތަނުން ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒުގެ މަގާމުގެ ދައުރު ކުރިއަށް އޮތް ޖޫން މަހުގެ 19 ވަނަ ދުވަހަށް ހަމަވާތީ އެވެ.