ދުނިޔެ

ބަގުދާދުގައި ބޮމެއް ގޮއްވާލާ 30 މީހުން މަރާލައިފި

އިރާގުގެ ވެރިރަށް ބަގުދާދުގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި ބޮމެއް ގޮއްވާލާ 30 މީހުން މަރާލައިފި އެވެ. ޖާނުން ފިދާވެގެން ދިން މި ހަމަލާގައި 95 މީހުން ވަނީ މަރުވެފަ އެވެ.

ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން މިހާރުވަނީ މިހަމަލާގެ ޒިންމާ އުފުލާފަ އެވެ. އަދި އިރާޣު އަސްކަރިއްޔާ އިން މިހާރުވަނީ މި ބޮން ގޮއްވާލި ސްޓޭޑިއަމް ސަރަހައްދު ކޮންޓްރޯލްކޮށް ދީފާނެ އިތުރު ހަމަލާއަކަށް ތައްޔާރުވެފަ އެވެ.

އިރާގު އަސްކަރިއްޔާއިން ބުނީ ބޮޑެތި ހަމަލާތައް ދޭނެހާ ކުޅަދާނަކަމެއް އެގައުމުގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ނެތް ކަމަށާއި ކުދި ކުދި ހަމަލާތައް ދެމުންދަނީ އެހެންވެ ކަމަށެވެ.

މިމަހުގެ ކުރީކޮޅުވެސް އައިއެސް ޖަމާއަތުންވަނީ ބަގުދާދުގައި ހުންނަ އިރާގު ސަރުކާރުގެ ޗެކް ޕޮއިންޓެއް ކައިރީ ފިއުލް ޓޭންކަރެއް ގޮއްވާލާ ހަމަލާއެއް ދީފަ އެވެ. އެހަމަލާގައި 60 މީހުން މަރުވި އެވެ.

އިރާގު އަސްކަރިއްޔާއިން ބުނީ އައިއެސް ޖަމާއަތުގެ 10 ހަނގުރާމަވެރިއަކު ސަރުކާރު އަސްކަރީ ބޭސްތަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އަށް ހަނގުރާމަވެރިއަކު ސިފައިން މަރާލާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަނެއް ދެ ހަނގުރާމަވެރިންނާއ ބެހޭ ތަފްސީލެއް އެނގިފައެއް ނުވެ އެވެ. އިރާގު ސިފައިންނާއެކު ވެސްޓާން ކޯލިޝަންގެ އެތައް ސަތޭކަ ހަނގުރާމަވެރިންނެއްވެސް ދަނީ އައިއެސް ޖަމާއަތާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.