ޔޫތު މިނިސްޓްރީ

ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޝިޔާއު

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެޓާނީ ޖެނަރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ އަހްމަދު ޝިޔާއު އެވެ.

ޝިޔާއު މީގެ ކުރިން ވަނީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރުކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރުކަމާއި، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖާ އެޑްމިނިސްޓްރޭޝަންގެ މަގާމުވެސް ފުރުއްވާފަ އެވެ.

ޝިޔާއު ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހުސައިން ޝަރީފް އެވެ.