އުރީދޫ މޯލްޑިވްސްއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 546.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އުރީދޫ މޯލްޑިވްސް އިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.
އެ ގޮތުން މޯބައިލް ހިދުމަތްތަކުން 411.3 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.
މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 134.8 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 516،000 ރުފިޔާ ލިބުނެވެ.
ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 198.1 މިލިއަން ރުފިޔާ ވަނީ ފައިދާވެފަ އެވެ.
ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 166.8 މިލިއަން ރުފިޔާ ލިބިފަ އެވެ.