ޕާކިސްތާންއާ އިންޑިއާއާ ދެމެދު މިހާރު އޮތް ނުތަނަވަސްކަން އިތުރުވެދާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އިޝްހާގް ދާރު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާންގައި މިހާރު އޮތް ޝަހްބާޒް ޝަރީފްގެ ސަރުކާރުގައި މުހައްމަދު އިޝްހާގް ދާރް އަކީ ބޮޑުވަޒީރުގެ ނައިބު ވެސް މެއެވެ.
އިޝްހާގް ވިދާޅުވި ގޮތުން ޕާކިސްތާން އޮތީ އިންޑިއާއަށް އިސްވެ ހަމަލާދޭ ގޮތަކަށް ނޫނެވެ. އެ ގައުމުގެ ވިސްނުމަކީ، މިނިވަން ތަހުގީގެއްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އިންޑިއާގެ އަމަލުތައް ހުންނަ ގޮތަކުން، މަޝްވަރާދޫކޮށްލައި ހަމަލާދީފި ނަމަ، އިޝްހާގު ވިދާޅުވީ ޕާކިސްތާން އަކީވެސް ނިއުކްލިއާ ބާރެއް ކަމަށާއި، ޒަމާނީ ހަތިޔާރު ފުދޭފަރަށް ހުރި ކަމަށެވެ.
އިންޑިއާ، ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި އަސްކަރީ ބަދަލުހިފުމާ ހިސާބަށް ގޮސްގެން މިއުޅެނީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ޓޫރީސްޓު އަވަށެއް ކަމަށްވާ ޕަހަލްގާމަށް ހަތިޔާރު އެޅި ބަޔަކު ވަދެގަނެ ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 މީހަކު މަރާލުމާ ގުޅިގެންނެވެ.
އިންޑިއާ ބުނާ ގޮތުން ޕާކިސްތާނަށް އިހުސާންތެރިވެވިއްޖެ އެވެ. އެއްވެސް ބާވަތެއްގެ އެހިތެރިކަމެއް ދެން ނޯންނާނެ ކަމަށް އިންޑިއާގެ ބައެއް އޮފިޝަލުން ޚަބަރުތަކަށް ވަނީ ވިދާޅުވެފަ އެވެ.
އިޝްހާގް ވިދާޅުވި ގޮތުގައި ޕަހަލްގާމަށް ދިން ހަމަލާއާ އިންޑިއާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެ ހަމަލާގެ ސަބަބުން ޕާކިސްތާނަށް ލިބޭނެ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އިންޑިއާއާ ޕާކިސްތާންއާ ދެމެދު އަބަދުވެސް -- ކޮންމެވެސް ކަމެއްގައި ނުތަނަވަސްކަން އޮންނައިރު، މި ގުޅުން މިހާރަށް ވުރެ ހަރުދަނާކުރެވޭތޯ ސަރުކާރުން މަސައްކަތްކުރާ ކަމަށްވެސް ޕާކިސްތާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ޕަހަލްގާމް ހަމަލާއާ ގުޅުވައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ފެންބަންދުކުރާނެ ކަމުގެ އިންޒާރުދީފައި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މިފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްގެ ތެރެއަށް ޕާކިސްތާން ސަރުކާރާ ގުޅުން ހުރި އެއްވެސް ބަޔަކު ނުވަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.